އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިކުރަމުންދާ ފިއްތުންތަކަށް އިންޑިއާއިން ވަރުގަދަ އަދި ސާބިތު ރައްދެއް ދޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
އިންޑިއާގެ ހާރިޖީ ވުޒާރާއިން ވަނީ ގައުމީ މަސްލަހަތާއި އިގުތިސާދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމުގެ އިންޒާރު ދީފައެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ ބޭރުގެ ގައުމުތަކާއެކު އިންޑިއާއިން ކުރަމުންދާ ވިޔަފާރިތަކާއި، ޚާއްސަކޮށް ހަކަތައާއި އަސްކަރީ ދާއިރާގެ ގުޅުންތަކާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެންނެވެ. އިންޑިއާއިން ގަބޫލުކުރާ ގޮތުގައި އެހެން ގައުމުތަކުން އަޅާ އެއްފަރާތްފަރާތީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަމަލުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ.
މި މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ އަދި ސިޔާސީ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މާހިރުން ފާހަގަކުރެއެވެ. ނަމަވެސް އިންޑިއާއިން ވަނީ އަމިއްލަ ސިޔާދަތާއި އިގުތިސާދީ ކުރިއެރުމަށް ބުރޫއަރާފަދަ އެއްވެސް ފިއްތުމަކަށް ދީލައިނުދޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

