ރިއާލް މެޑްރިޑަށް ކުޅެމުންދާ ފްރާންސްގެ ތަރި ކިލިއަން މްބާޕޭ، މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ނައިކީއާއެކު އޮތް ގުޅުން ނިމުމަކަށް ގެނެސް ސުވިޒަލޭންޑުގެ ބްރޭންޑެއް ކަމަށްވާ "އޮން" އާއެކު ގުޅުމަށް ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު މްބާޕޭ ވެގެންދާނީ "އޮން" ބްރޭންޑުގެ މޫނުމަތީގެ ގޮތުގައި ހަރަކާތްތެރިވާނެ އެންމެ އިސް ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މިއީ ކުޅިވަރު ސާމާނު އުފައްދާ ކުންފުނިތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބްރޭންޑެކެވެ.
Advertisement
Advertisement
ގިނަ އަހަރުތަކެއް ވަންދެން ނައިކީއާއެކު މަސައްކަތްކުރުމަށްފަހު މްބާޕޭ މި ނިންމުން ނިންމާފައިވާއިރު، މިއީ ކުޅިވަރު ބްރޭންޑިންގގެ ދާއިރާއަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި މާހިރުން ދަނީ ފާހަގަކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

