Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ހުޅުމާލެ 1 ގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލި މައްސަލައާ ގުޅިގެން، އެކަން ކުރި މީހާ މުޖުތަމައުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައިގެން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައެވެ. ނަމަވެސް، އެ މައްސަލައިގެ ތުހުމަތުވާ މީހާ ހައްޔަރުނުކޮށް އުޅެނިކޮށް، އޭނާ ވަނީ މިރޭ އަނެއްކާވެސް ދެވަނަ ފަހަރަށް އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އެ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކުރެވިފައި ކަމަށެވެ. އަދި އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިއީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހަކަށްވާތީ، އެ މީހާގެ އިތުރު ތަފްސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]