ރީއާލް މެޑްރިޑަށް މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބުނު ނަމަވެސް، މިއަހަރުގެ ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ކްލަބުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން އެމްބާޕޭ ބުނީ، ޓީމަށް ބޮޑެތި ކާމިޔާބީތަކެއް ނުލިބުނު ނަމަވެސް، އަމިއްލަ ފަރުދީ ކުޅުމަށް ބަލާއިރު މިއީ އޭނާގެ ކެރިއަރުގައިވެސް އެންމެ ކާމިޔާބު އެއް ސީޒަން ކަމަށެވެ. އަދި ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހައި، ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ގަބޫލުކުރެއެވެ.
މީގެ އިތުރުން އެމްބާޕޭ ފާހަގަކުރި ގޮތުގައި ބެލޮންޑޯ އެވޯޑަކީ ފަރުދީ ކުޅުމަށް ދެވޭ އެވޯޑަކަށްވާތީ، މުޅި އަހަރު ތެރޭގައި ދެއްކި ފެންވަރަށް ވޯޓުދޭ ފަރާތްތަކުން ބަލާނެއެވެ. އަދި ގައުމީ ޓީމާއެކު ދެއްކި މޮޅު ކުޅުމާއި، ކްލަބު ފެންވަރުގައި ހެދި ރެކޯޑުތަކަކީ އެވޯޑު ހޯދުމަށް އޭނާއަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް އޭނާ ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

