Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ބަލްގޭރިއާގެ އެއާލައިނެއް ކަމަށްވާ ގަލިވް އެއާއިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ. މިއީ ބަލްގޭރިއާއާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ކުރާ ފުރަތަމަ ފަހަރެވެ.

އެ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި، ބަލްގޭރިއާގެ ވެރިރަށް ސޯފިއާއާއި މާލެއާ ދެމެދު ކުރާ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. ވިލާތުގެ ފިނިމޫސުމާ ދިމާކޮށް ކުރިއަށްގެންދާ މި ޝެޑިއުލް ދަތުރުތައް އަންނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ހަފުތާ ބަންދާ ދިމާކޮށް ކުރާ މި ދަތުރުތަކުގައި ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދުވަހަކު ސޯފިއާއާއި މާލެއާ ދެމެދު ދަތުރެއް ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާބަސް އޭ330-200 މަރުކާގެ ވައިޑް ބޮޑީ ބޯޓެކެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަމުންދާއިރު، ގަތަރު އެއާވޭސްއިންވެސް ވަނީ ހަފުތާއަކު ކުރާ ދަތުރުތަކުގެ އަދަދު 12 އިން 21 އަށް އިތުރުކުރުމަށް ނިންމާފައެވެ. އަދި ބެލަރޫސްގެ ބެލާވިއާ އެއާގެ ދަތުރުތައް އަންނަ ޑިސެމްބަރު މަހު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މެދުއިރުމަތީގެ ނުތަނަވަސްކަމާއެކު ފަތުރުވެރިން އަންނަ މިންވަރަށް ބަދަލުތަކެއް އައި ނަމަވެސް، މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ހިފާފައިވާ އަމާޒު ހާސިލުވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]