Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ދިމާވެފައިވާ ލަސްތަކަށް ހައްލެއް އައިސް، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %33.33 ގެ އިތުރުވުމެކެވެ. އަދި މި ނިސްބަތުން ކުރިއަށްދާނަމަ އަހަރު ނިމޭއިރު ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވުމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތަކަށް ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މިކަން ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ ދާދިފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ.

އެ ބޭންކުން ބުނި ގޮތުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ލިބޭ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް ވަނީ އެހީތެރިވެދީފައެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށާއި، މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫންކަމަށް ބީއެމްއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]