އަމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސައޫދީ އަރަބިއްޔާއަށް އެންމެ ފަހުގެ އެފް-35 މާރާމާރީ ޖެޓްތައް ވިއްކުމަށް ނިންމައި އެކަމުގެ ހުއްދަ ދީފިއެވެ. މިއީ މެދުއިރުމަތީގެ ސަރަހައްދީ ރައްކާތެރިކަމާއި އަސްކަރީ ގުޅުންތަކަށް ބޮޑު ބަދަލެއް އަންނާނެ ނިންމުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން ސައޫދީ އަރަބިއްޔާއަށް އެފް-35 ޖެޓްތައް ފޯރުކޮށްދިނުމުން، އެ ގައުމު ވެގެންދާނީ މެދުއިރުމަތިން އިސްރާއީލަށްފަހު މިފަދަ ކުރިއަރާފައިވާ ޖެޓްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭ ދެވަނަ ގައުމަށެވެ. އަދި މި ނިންމުމާއެކު ސައޫދީގެ އަސްކަރީ ގާބިލުކަން އިތުރަށް ވަރުގަދަވެ، ސަރަހައްދީ ސެކިއުރިޓީ ބެލެހެއްޓުމުގައި އެ ގައުމުގެ ދައުރު ބޮޑުވެގެންދާނެއެވެ.
ނަމަވެސް މި ވިޔަފާރިއާ މެދު އަދިވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ބަހުސްތައް ކުރިއަށްދާއިރު، ބައެއް މެންބަރުން ދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެއީ މެދުއިރުމަތީގައި އިސްރާއީލަށް އޮތް އަސްކަރީ ކުރިއެރުމަށް ބުރުލެއް އަރާފާނެތީއާއި ސަރަހައްދީ ހަމަޖެހުމަށް ކޮށްފާނެ އަސަރުތަކަށް ބަލައިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

