Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލަކައަށްވުރެ އިތުރުވެއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް އުމުރުން 100 އަހަރުން މަތީގެ އާބާދީ މިހާ މަތީ އަދަދަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 100 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ އަންހެނުންނެވެ. ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު، މިއީ އެ ގައުމުގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ދިރިއުޅުމުގެ އާދަކާދަތައް ހުރި ގޮތުން ލިބިފައިވާ ކުރިއެރުމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ނަމަވެސް، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، ކުދިން އުފަންވާ މިންވަރު ދަށަށް ދިއުމަކީ ޖަޕާނުގެ އިގުތިސާދަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވަމުންދާ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]