ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ފުޅާދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ގަރާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. މިއީ ރަޝިޔާގެ އިގުތިސާދަށާއި މާލީ އިދާރާތަކަށް، އަދި ސަރުކާރުގެ އިސް ވެރިންނަށް އަމާޒުކޮށްގެން އެމެރިކާއިން އެޅި ވަރުގަދަ ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ހަކަތައާ ބެހޭ ދާއިރާއާއި، ބޭރުގެ ވިޔަފާރިތަކުގެ އިތުރުން މާލީ ވިއުގަތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުން ހިމެނެއެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅުތަކުގެ މައިގަނޑު ބޭނުމަކީ ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަރަދުކުރުމަށް ރަޝިޔާއަށް ލިބޭ މާލީ އަދި އިގުތިސާދީ ގާބިލުކަން ކުޑަކުރުމެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާއިން ވަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް، އެމެރިކާގެ މި އަމަލުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބުނެފައެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

