Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

އަލިފު ދާލު ހަންޏާމީދޫގައި ތަރައްޤީކުރަމުންދާ ޒަމާނީ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސްގެ އެންމެހައި މަސައްކަތްތައް ނިންމާލުމަށްފަހު، ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ން ބުނެފިއެވެ.

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މި މަޝްރޫޢަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުން ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފައިވަނީ 16 މާރިޗު 2025 ގައެވެ. ޖުމްލަ 5.8 މިލިއަން ދިވެހި ރުފިޔާ (376,134.89 އެމެރިކާ ޑޮލަރު) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން، ދަނޑުގައި ފެންވަރު ރަނގަޅު ޓާފް އެޅުމުގެ އިތުރުން ވަށާފާރު ރޭގުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި މީގެ އިތުރުން، ރޭގަނޑުވެސް ކުޅިވަރު ކުޅެވޭނެހެން ދަނޑުގައި ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢު އެކީ ނިމި ދަނޑު ބޭނުންކުރަން ފެށުމުން، ހަންޏާމީދޫގެ ކުޅުންތެރިންނަށް އެކަށީގެންވާ ރަނގަޅު މާހައުލެއްގައި ތަމްރީނުތައް ކުރިއަށްދިއުމުގެ އިތުރުން، ރަށު ކައުންސިލާއި އެކި ޖަމުޢިއްޔާތަކުން އިންތިޒާމުކުރާ މުބާރާތްތައް ފެންވަރު ރަނގަޅު ދަނޑެއްގައި ބޭއްވުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުޅިވަރުގެ ވަޞީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށްރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙު އިތުރަށް އާލާކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]