Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް، ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އިނާމު ކަމަށްވާ ބެލޮންޑޯ ހައްޤުވާ ކަމަށް ބުނެފިއެވެ.

ޔޫރޯ 2024 މުބާރާތް ސްޕެއިނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމަށްފަހު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ ކޯޕާ ޓްރޮފީވެސް ހޯދާފައިވާ ޔަމާލް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގައި ބޮޑު ނުފޫޒެއް ފޯރުވަން ފަށާފައެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ޔަމާލް ފާހަގަކުރި ގޮތުގައި، މި އިނާމު ހޯދުމުގައި އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދި އެންމެ ބޮޑު ވާދަވެރިއަކީ ރިއާލް މެޑްރިޑަށް ބަދަލުވި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭގެ އިތުރުން ރިއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންގހަމް ފަދަ ކުޅުންތެރިންނަކީވެސް މި އިނާމަށް ވާދަކުރާ މުހިންމު ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. ބެލޮންޑޯގެ ތާރީޚުގައި ނޮމިނޭޓްވި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ޔަމާލް ވަނީ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާފައެވެ.

މިފަދަ އިންފިރާދީ އިނާމުތައް ލިބުމުގައި ކްލަބާއި ގައުމީ ޓީމާއެކު ހޯދާ ކާމިޔާބީތަކަށް ބޮޑު އިސްކަމެއް ދެވޭއިރު، ލާލީގާ އާއި ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ރިއާލް މެޑްރިޑް ކުރިމަތިލާ މެޗުތަކުގައި ޔަމާލް އާއި އެމްބާޕޭގެ ވާދަވެރިކަން ވެގެންދާނީ މި އިނާމުގެ ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]