Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު މަޝްވަރާ ކުރައްވައިފިއެވެ.

އިބޫގެ ރަސްމީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ފައިސަލްގެ ފަރާތްޕުޅުން އަދި ހާމައެއް ނުކުރައްވައެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ޖުމްހޫރީ ޕާޓީގައި 16 އަހަރު އުޅުއްވުމަށްފަހު ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް އަންނަނީ ފާޅުގައި ކެމްޕެއިން ކުރައްވަމުންނެވެ. މީގެއިތުރުން، ސަރުކާރު ހިންގާ ޕީއެންސީން ވަނީ އަންނަ އިންތިހާބުގެ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]