Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެ ޕާޓީން ވަނީ އަރުވާފައެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުޢިއްޒަށް ޓިކެޓު ދިނުމަށް ފާސްކުރީ ކޮންގްރެސްގައި ބައިވެރިވި 1,119 މެންބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުރެ ދެވަނަ ދައުރަކަށް ކުރިމަތިލާން ހުށަހަޅައިފިނަމަ ޕްރައިމަރީއަކާ ނުލައި ޓިކެޓު ދެވިދާނެއެވެ. އަދި މި ގަރާރުގައިވަނީ ރައީސް މުޢިއްޒު ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެމަނިކުފާނަށް ޓިކެޓު އަރުވަން ނިންމި ކަމަށެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މި އިންތިޚާބުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޢަބްދުﷲ ޝާހިދު، ފައްޔާޒު އިސްމާއީލް އަދި މެންބަރު ޑރ. އަޙްމަދު ޝަމްހީދުވެސް ދަނީ 2028 ގެ ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]