Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެކަން އެންގުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާ މި ފުރުސަތުގައި، ނަން ހުށަހަޅާ ރަށްރަށުގެ އަދަދަށް ބަލައި އަންނަ އަހަރުގެ ރޯދަމަހަށް މާރުކޭޓު ގާއިމުކުރާނެ ތަނެއް ކަނޑައަޅާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މި މާރުކޭޓުގައި ވިއްކޭނީ ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ އެކަންޏެވެ. އަދި އުސޫލުގައިވާ ގޮތުން މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

މާލޭ ސަރަހައްދުގައި ދަނޑުވެރިންގެ ބާޒާރު ގާއިމުކޮށް މިއަހަރުގެ ރޯދަމަހުވެސް ވަނީ އެމްގޭޕް  ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް ހިމެނޭހެން ގިނަ ރަށްރަށުގެ ތަކެތި ވިއްކާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]