Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ޤަތަރު އެއާވޭސްއިން ރާއްޖެއަށް މިހާރު ހަފުތާއަކު ކުރަމުންދާ 12 ދަތުރުގެ އަދަދު އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 21 އަށް އިތުރުކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

މިއީ އެ އެއާލައިނުގެ ގްލޯބަލް ކަނެކްޓިވިޓީ ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުގެ ފިނި މޫސުމުގައި 170 ގައުމަކަށް ދަތުރުތައް ކުރުމަށް ރާވާފައިވާ ރޭވުމުގެ ދަށުން ނިންމި ނިންމުމެކެވެ. މިއާއެކު މެދުއިރުމައްޗާއި، ޔޫރަޕް އަދި އެމެރިކާގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ކުރިއަށް އޮތް ސީޒަނާ ދިމާކޮށް އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ފަތުރުވެރިކަމުގެ އިންޑަސްޓްރީއާއެކު ކުރެވުނު މަސައްކަތުގެ އެދެވޭ ނަތީޖާ އަހަރުގެ ފަހު ކުއާޓަރުގައި ފެންނާނެ ކަމަށެވެ. މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާއެކު ފަތުރުވެރިކަމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ފާއިތުވި މަހަކީ ހަނގުރާމަ ފެށުނު ފަހުން ފަތުރުވެރިކަން އެންމެ ރަނގަޅުވި މަހެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]