Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ އީ-ކޮމާސް ސައިޓްތަކުގައި ވިޔަފާރިކުރެވޭ ލިމިޓް ކޮންމެ ދުވަހަކު ހެނދުނު 7:00 ގައި ރީސެޓްވާ ވަގުތު، ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ މަގުބޫލު ސައިޓްތަކަށް ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިންގަމުންދާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ އެދުމުގެ މަތިން ލިމިޓް ރީސެޓްވާ ގަޑި އާންމުކުރުމާ ގުޅިގެން ގިނަ ކަސްޓަމަރުން ގަންނަން ބޭނުންވާ ތަކެތި ކާޓަށް އަޅައިގެން ތައްޔާރަށް ތިބެއެވެ. މީގެ ސަބަބުން، އެންމެ ބޮޑު ޑިމާންޑެއް އޮންނަ ސައިޓުތަކުގެ ކެޓަގަރީއަށް ދުވާލަކަށް ކަނޑައެޅިފައިވާ ލިމިޓް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަމަވެގެން ދެއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ދުނިޔޭގެ 40,000 އަށް ވުރެ ގިނަ އީ-ކޮމާސް ސައިޓްތަކުން ވިޔަފާރި ކުރަމުން އަންނައިރު، ދުވާލަކު އެވްރެޖްކޮށް 20,000 އަށް ވުރެ ގިނަ މުއާމަލާތް ހިންގައެވެ. ދުވަހުގެ ލިމިޓް ހަމަވުމުގެ ސަބަބުން މުއާމަލާތް ނުކުރެވޭ ހާލަތްތަކުގައި، އެކަން ކަސްޓަމަރަށް ވަގުތުން އަންގައި، ޑޮލަރު ކާޑެއް ބޭނުންކުރުމަށް ނުވަތަ ޖެހިގެން އަންނަ ދުވަހު އަލުން މަސައްކަތް ކުރުމަށް ބޭންކުން އިރުޝާދު ދެއެވެ. ނަމަވެސް، ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަންތައް ފަދަ އެހެން ކެޓަގަރީތަކުން ދުވަސް ނިމޭއިރު ވެސް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުން ބާކީ ހުންނަކަން ބޭންކުން ފާހަގަކުރެއެވެ. މިއީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް ލިމިޓް ލިބެމުންދާ ކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވިއެވެ.

ބޭންކުގެ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކުރުމަށްޓަކައި، ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ވަނީ ކަނޑައަޅައިފައެވެ. މި މިންވަރު އެކި ކެޓަގަރީތަކަށް ބަހާލެވިފައިވާއިރު، އެންމެ ގިނައިން ބޭނުންކުރާ 150 އީ-ކޮމާސް ޕްލެޓްފޯމަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 100,000 ޑޮލަރު) ވަނީ ހަމަޖައްސާފައެވެ. އަދި މެޓާ އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކު ގާތްގަނޑަކަށް 50,000 ޑޮލަރު) ކަނޑައެޅިފައިވާއިރު، ދަތުރުފަތުރާއި ހޮޓެލް ބުކިންގްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް ގާތްގަނޑަކަށް 200,000 ޑޮލަރު) ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ޒަރޫރީ ސަބްސްކްރިޕްޝަންތަކަށް މަހަކު 3 މިލިއަން ޑޮލަރު އަދި އެހެނިހެން އޮންލައިން ވިޔަފާރިތަކަށް މަހަކު 1.8 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައެވެ. ސިއްހީ އަދި ތައުލީމީ ޚިދުމަތްތަކަށް އެއްވެސް ލިމިޓެއް ނެތި، ހުރިހާ ވަގުތެއްގައި ވެސް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ޚާއްޞަ ބަފަރެއް ވަނީ ކަނޑައެޅިފައެވެ.

މަހެއްގެ މައްޗަށް ކެޓަގަރީތަކަކަށް ބަހާލައިގެން މި ބަދަލު ގެނައި ކަމުގައި ވީނަމަވެސް، ރާއްޖޭން ބޭރަށްދާ ދިވެހިންނާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންނަށް ބޭރުގައި ބޭނުންކުރެވޭ ލިމިޓަށް އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެއެވެ. މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކޮށްފައިވެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. ބޭންކުން ބުނި ގޮތުގައި، މުއާމަލާތްތައް ދައުރުވާ ގޮތާއި ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކުގެ އިތުރުން ލިބޭ ބޭރު ފައިސާގެ މިންވަރަށް ބަލައި މި އަދަދުތައް މުރާޖައާ ކުރަމުން ގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]