Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 2.2 އިންސައްތަ އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 1,427,104 (1.43 މިލިއަން) ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 262,120 ފަތުރުވެރިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން 205,187 މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އަހަރު ފެށުނުފަހުން 1,031 އެނދު އަލަށް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މިހާރު ރާއްޖޭގެ އެނދުގެ ޖުމްލަ ކެޕޭސިޓީ އުޅެނީ 68,506 ގައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ 45,115 އެނދާއި، ގެސްޓްހައުސްތަކުގެ 17,256 އެނދުގެ އިތުރުން ހޮޓާތަކާއި ސަފާރީތަކުގެ އެނދުތައް ހިމެނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި މަޑުޖެހުމުން އަރައިގަތުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އައު އެއާލައިންތަކުގެ ދަތުރުތައް ފެށުމާއި، ފަތުރުވެރިން ހޯދުމަށް އައު މާކެޓްތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]