Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، އޮގަސްޓު މަހުގެ ނިޔަލަށް ލިބުނު މި އަދަދަކީ މުޅި އަހަރަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި 373 މިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. އަދި މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 252.4 މިލިޔަން ރުފިޔާއާ އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، ޓެކްސް އާމްދަނީ 20.61 ބިލިޔަނުން 22.35 ބިލިޔަން ރުފިޔާއަށް (8.5 އިންސައްތަ) އިތުރުވުމާ ގުޅިގެން، އަހަރުގެ ފުރަތަމަ 8 މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 6.2 އިންސައްތައިގެ ކުރިއެރުމަކާއެކު 28.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ވަނީ 17 އިންސައްތަ މައްޗަށް ގޮސް، ޖުމްލަ ހަރަދު 30.86 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދު 18.6 އިންސައްތަ އިތުރުވެ 26.98 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 6.9 އިންސައްތަ އިތުރުވެ 3.88 ބިލިޔަން ރުފިޔާއަށް މަތިވެފައެވެ. ހަރަދުތައް މައްޗަށް ދިއުމުގެ ސަބަބުން، ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި ގަނެވޭ ޕްރައިމަރީ ސާޕްލަސް ވަނީ ކުރީ އަހަރުގެ 4.04 ބިލިޔަން ރުފިޔާއިން 1.27 ބިލިޔަން ރުފިޔާއަށް (68.6 އިންސައްތަ) ދަށްވެފައެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން 2.13 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ފާހަގަކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވުނު 658.8 މިލިޔަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]