Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ނޭޕާލުގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އާއި ބޮޑުވަޒީރު ބަލެންދުރަ ޝާހަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ވަކިވަކި ސިޓީފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިޙްތިރާމާއި، ސުލްޙަމަޞްލަޙަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މީގެއިތުރުން، ދެ ޤައުމާއި ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށްޓަކައި ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމަށާއި، ދޭދޭ ގުޅުންތަކުގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ރާއްޖެއިން އިސްކަންދޭކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ.

ސިޓީފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޕާލުގެ ލީޑަރުންނަށް ފުރިހަމަ ޞިއްޙަތާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އިޚްލާޞްތެރިކަމާއެކު އެދިވަޑައިގަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]