Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ށ. ބިލެއްފަހި ސްކޫލުގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން ބުނީ، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ތަޅުންގަނޑުގައި ގާއެޅުމާއި ދަގަނޑު އެޅުމުގެ މުހިންމު މަސައްކަތްތައް ކަމަށެވެ. މިއީ ޖުމްލަ 17.3 މިލިއަން ރުފިޔާގެ ބަޖެޓަކުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

މި އިމާރާތުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، ބިލެއްފަހި ސްކޫލަށް ދިމާވެފައިވާ ކިޔަވައިދިނުމުގެ ޖާގައިގެ ދަތިކަމަށް އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ އާ ކްލާސްރޫމްތަކާއެކު ދަރިވަރުންނަށް އުނގެނުމަށް ފަހި، ތަނަވަސް އަދި ހިތްފަސޭހަ މާހައުލެއް ގާއިމުވެގެންދާނެއެވެ.

މީގެއިތުރުން، މަލްޓި ޕާޕަސް ހޯލާއެކު އިތުރު ހަރަކާތްތަކާއި ސްކޫލުގެ އެކި ރަސްމިއްޔާތުތައް އެކަށީގެންވާ ގޮތެއްގައި ބޭއްވުމުގެ ފުރުސަތު ހުޅުވި، އެ ރަށުގެ ތައުލީމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]