Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

އާޓިފިޝަލް އިންޓެލިޖަންސް އުފައްދާ މަޝްހޫރު ކުންފުނި އޯޕަންއޭއައިގެ އެންމެ ފަހުގެ މޮޑެލްތަކެއް، އެ ތަކެތި ޓެސްޓްކުރުމަށް ހަދާފައިވާ ރައްކާތެރި މާހައުލުން ބޭރުވެ، އޭއައި އެޕްލިކޭޝަންތައް ރައްކާކުރާ ހަގިން ފޭސްގެ ސިސްޓަމްތަކަށް އަމިއްލައަށް ހެކްކޮށް ވަދެގެންފިއެވެ.

މި މަހުގެ ތެރޭގައި ހިނގި މި ހާދިސާއަކީ އޭއައި މޮޑެލްތަކެއް އަމިއްލަ އިޚްތިޔާރުގައި ބަންދު މާހައުލަކުން ސަލާމަތްވެ، އެހެން ކުންފުންޏެއްގެ ސާވަރުތަކަށް ހަމަލާދިން ފުރަތަމަ ހާދިސާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ އޯޕަންއޭއައި އިން އެ ކުންފުނީގެ ޖީޕީޓީ-5.6 ސޯލް މޮޑެލްއާއި އަދި އާންމުކޮށް ނެރެފައިނުވާ އިތުރު މޮޑެލްއެއްގެ ސައިބަރ ގާބިލުކަން ވަޒަންކުރުމަށް ހެދި ޓެސްޓެއްގެ ތެރެއިންނެވެ.

އިންޓަނެޓަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައިވާ މާހައުލެއްގައި މި މޮޑެލްތައް ބައިތިއްބާފައި ހުރި ނަމަވެސް، އެ ތަކެތި ވަނީ ސިސްޓަމްގައި ހުރި ނޭނގޭ ބާގްތަކެއް ނުވަތަ ޒީރޯ-ޑޭ ބަލިކަށިކަމެއްގެ ބޭނުން ހިފައިގެން އަމިއްލައަށް އިންޓަނެޓާ ގުޅުން ހޯދާފައެވެ.

އިންޓަނެޓަށް ވަނުމަށްފަހު، އެ މޮޑެލްތަކަށް ހަވާލުކޮށްފައިވާ ޓެސްޓުން މަތީ މާކްސް ހޯދުމަށް ބޭނުންވާ މައުލޫމާތު ހަގިން ފޭސްގެ ޑޭޓާބޭސްގައި ހުރިކަން އަމިއްލައަށް ދެނެގަތެވެ. އެއަށްފަހު ހަގިން ފޭސްގެ ސާވަރުތަކަށް ވަނުމަށްޓަކައި ވަގަށް ނަގާފައިވާ ޔޫޒަރނޭމްތަކާއި ޕާސްވޯޑްތައް ބޭނުންކޮށްގެންނާއި، ސައިބަރ ހަމަލާތަކުގެ އެކި އުކުޅުތައް އެއްކޮށްލައިގެން އެ ކުންފުނީގެ ސިސްޓަމްތައް ވަނީ ބްރީޗްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]