Advertisement
[adrotate group="4"]
އާދިއްތަ, ސެޕްޓެމްބަރ 20

ޔާޝް ރާޖް ފިލްމްސްގެ އެންމެ ފަހުގެ އެކްޝަން ތުރިލާ "އަލްފާ" ސިނަމާތަކަށް އައުމާއެކު، ބެލުންތެރިންނާއި ފާޑުކިޔުންތަށް އަމާޒުވާން ފަށައިފިއެވެ.

އާލިއާ ބަޓް އަދި ޝަރުވަރީ ލީޑް ރޯލުން ފެނިގެންދާ، އަދި ޝިވް ރަވައިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އަންހެން ކެރެކްޓާއެއް އިސްކޮށްގެން ހެދި ސްޕައި (ޖާސޫސީ) ތުރިލާ އެވެ. ނަމަވެސް، ފިލްމު ރިލީޒްވީ ދުވަހު އާންމުންގެ ފަރާތުން ލިބިފައިވަނީ މަސްހުނި އަދި ބައެއް ދިމާދިމާއިން ވަރަށް ނެގެޓިވް ރިވިއުތަކެކެވެ.

Advertisement
[adrotate group="3"]
Advertisement
[adrotate group="3"]

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާރްޝް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެންމެ ބައި ތަރީގެ ރޭޓިންއެއް ދީފައެވެ. އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވާ ގޮތުން، މިއީ ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ބަލިކަށި ފިލްމެވެ. ފިލްމުގެ އެކްޝަން މަންޒަރުތަކާއި ވިޜުއަލްސް ރީތިވި ނަމަވެސް، ފިލްމުގެ ވާހަކަ ލިޔެފައިވާ ގޮތުން ބެލުންތެރިންނާ ގުޅުވައެއް ނުދެވުނެވެ. އަދި މި ފިލްމުގައި ޕާކިސްތާނުގެ އެންގަލް ހިމަނާފައިވީ ނަމަވެސް، މިފަދަ ފިލްމުތަކުގައި ހުންނަންޖެހޭ ޖަޒުބާތު އެންމެ ފުރިހަމައަށް ގެނެސްދެވިފައި ނުވާކަމަށް އޭނާ ބުންޏެވެ.

 

View this post on Instagram

 

ކާސްޓާ ބެހޭގޮތުން ތަރަން ފާހަގަކުރީ، އާލިއާ ބަޓް މި ރޯލަށް ފިޓް ނޫން ކަމަށާއި، ޝަރުވަރީ ފެނިގެންދަނީ ވަރަށް ބެކްގްރައުންޑުން ކަމަށެވެ. ނަމަވެސް ފިލްމުގައި ހިމެނޭ އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އެކްޓިންގް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ބެލުންތެރިން ވެސް ދަނީ ފިލްމާމެދު ހުރި ހިތްހަމަނުޖެހުންތައް ހިއްސާކުރަމުންނެވެ. ބައެއް މީހުން ބުނިގޮތުގައި ފިލްމުގެ ދެވަނަބައި އެއްކޮށް "ކްރޭޝް" ވެފައިވާއިރު، ފިލްމުން އެއްވެސް ކަހަލަ އިމޯޝަނަލް ގުޅުމެއް ނުއުފެއްދެއެވެ. އަދި ބައެއް ސިނަމާތައް ފިލްމު ދެއްކި ވަގުތު އެއްކޮށް ހުސްކޮށް އޮތްކަންވެސް ބައެއް ފޭނުން ފާހަގަކުރިއެވެ.

މި ފިލްމަށް ބޮޑު އިންތިޒާރެއް ކުރި ނަމަވެސް، ފުރަތަމަ ދުވަހުގެ ރިވިއުތަކުން ފޭނުން ތިބީ މާޔޫސްވެފައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް ލިބޭ ތަރުޙީބު ބަދަލުވުން އެކަށީގެންވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް

Advertisement
[adrotate group="1"]
Advertisement
[adrotate group="1"]
Advertisement
[adrotate group="4"]